ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ އާރްބީ ލައިޕްޒިގް އަތުން 2-0 އިން މޮޅުވެ، 4-0ގެ އެގްރިގޭޓް ނަތީޖާއަކާއެކު ލިވަޕޫލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހް އަދި ސާދިއޯ މާނޭ އެވެ.

"މި މެޗުގައި ލިވަޕޫލުން ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފި. މިއީ އަހަރެމެން ބޭނުންވެފައި އޮތް ކަހަލަ ޕާފޯމަންސެއް،" މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ. "ޑިފެންސްގައި ވަރަށް ރަނގަޅު. އަދި އެޓޭކިންގައި ވެސް، ތިން ފޯވަޑުން ވަރަށް މޮޅަށް ކުޅުނު."

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްގެ ނަތީޖާޓައް ދަށްވުމާއެކު، އެ ޓީމު ވަނީ ތާވަލްގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. އެހެންކަމުން، ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ދަތުރުކުރުމަކީ އެ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ކްލޮޕް ބުނީ ޕްރިމިއާ ލީގުގައި ނަތީޖާތައް ރަނގަޅުކުރެވިއްޖެ ނަމަ، ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމަށް ފައިދާކުރާނެ ކަމަށެވެ.

ލިވަޕޫލަށް މި ސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރޭގައި ޓީމުގެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކް އާޢި ޖޯ ގޯމޭޒް ހިމެނެ އެވެ. – ބީބީސީ