ކާޖޮލްއަކީ މިއަދާ ހަމައަށް ވެސް ބޮލީވުޑްގައި އެންމެ ނަން ހިނގާ އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ފިލްމީ ދާއިރާގައި ކާޖޮލްގެ ފުރަތަމަ ދުވަސްވަރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެެހުނު ކަމެވެ.

ދާދި ފަހުން އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ކާޖޮލްވަނީ ބޮލީވުޑްގައި އޭނާގެ އެންމެ ފުރަތަމަ ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ކާޖޮލް ބުނީ އޭނާގެ ތިންވަނަ ފިލްމަށްފަހު ބޮލީވުޑް ދޫކޮށްލަން ވިސްނި ކަމަށާއި އެހެން ނަމަވެސް އެ ހިޔާލު ދޫކޮށްލީ އޭނާގެ ގާތް ރަހުމަތްތެރިޔާ ޝާހްރުކް ޚާން ދިން ނަސޭހަތެއްގެ ސަބަބުން ކަމަށެވެ.

"އޭނާ ބުނީ ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ރަނގަޅަށް އެކްޓު ކުރަން ދަސްކުރުމޭ" ޝާހްރުކް ޚާންއާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާޖޮލް ބުންޏެވެ.

ކޮޖޮލް އިތުރަށް ބުނީ ޝާހްރުކް ޚާންގެ އެ ނަސޭހަތް ގަބޫލުކޮށްގެން އޭނާގެ ހުނަރު ކުރިއަރުވަން މަސައްކަތް ކުރުމުގެ ނަތީޖާއަކީ މިއަދާ ހަމައަށް ވެސް މި ދާއިރާގައި މަސައްކަތް ކުރުން ކަމަށެވެ.

ކާޖޮލްއާއި ޝާހްރުކް ޚާންއަކީ އެކުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް އާއްމުންގެ ލޯބިވެސް ލިބިފައިވާ ޖޯޑެކެވެ. އެމީހުންގެ ފިލްމުތަކުގެ ތެރޭގައި "ބާޒީގަރް"، "ދިލްވާލޭ ދުލްހަނިޔާ ލޭޖަޔެންގޭ"، "ކުޗް ކުޗް ހޯތާހޭ" އަދި "ކަބީ ޚުޝީ ކަބީ ގަމް" ހިމެނެ އެވެ.

1992 ވަނަ އަހަރު ނުކުތް "ބޭހުދީ" ފިލްމުން ބޮލީވުޑަށް ތައާރަފްވި ކާޖޮލްގެ ކުރިއަށް އޮތް މަސައްކަތަކީ ކްރިތީ ސެނޮންއާއެކު ފެނިގެންދާ "ދޯ ޕައްޓީ" އެވެ.