އިންޑިއާގެ އެއާލައިންތަކަށް ބޮމުގެ އިންޒާރުތައް ދިނުން އިތުރުވާން ފަށައިފި އެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި ޖުމްލަ 19 ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އެންމެ ފަހުން އިންޒާރު ދީފައިވަނީ މުމްބާއީ އިން ކޮލަމްބޯއަށް ދަތުރުކުރި ވިސްތާރާ އެއާލައިންގެ ފްލައިޓަކަށެވެ.
އެ ފްލައިޓް ކޮލަމްބޯއަށް ޖައްސަން 10 މިނެޓަށް ވެފައި އޮއްވާ ބޮމުގެ އިންޒާރު ލިބުމާއެކު އެއާޕޯޓް އެލާޓަށް ވަނީ ގެނެސްފަ އެވެ. އަދި ފްލައިޓް ޖެއްސުމަށްފަހު، ފަސިންޖަރުން ބޭލުމަށްފަހު މުޅި ފްލައިޓް ވަނީ ބަލައި ފާސްކޮށްފަ އެވެ.
އެ ބޯޓު ފާސްކުރުމުގެ ތެރޭގައި އެއްވެސް ނުރައްކާތެެރި އެއްޗެއް ފެނިފައި ނުވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ އެއާލައިންތަކުގެ ތެރެއިން އެންމެ ގިނައިން ބޮމުގެ އިންޒާރު ލިބިފައި ވަނީ އިންޑިއަން އެއާލައިންސް އަދި އިންޑިގޯ ފްލައިޓްތަކަށެވެ. މި އިންޒާރުތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ.
އީރާނުން އެމެރިކާއާއެކު ނުސީދާ މަޝްވަރާތަކެއް ފެށުމަށް ވިސްނަނީ
"ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޓްރެއިލާ ނެރެފި
ޗިސްމޭގެ ކެންސަރަށް ކާމިޔާބު ފަރުވާއެއް ހޯދައިފި