ގއ. އަތޮޅުގެ ފަޅު ރަށަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަސްތުވާތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަަށް ފުލުހުން ބުނެ އެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ ރަށުން ހޯދި މަސްތުވާތަކެތީގެ ބަރުދަނުގައި 163 ގްރާމް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މި ހާއްސަ އޮޕަރޭޝަން ހިންގާފައި ވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ!
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ކުއްލި މައްސަލައެއް
އެޗްޕީއެލް އިން ރާއްޖޭގައި ކުރިއަށްގެންދާ ވިޔަފާރި ފުޅާކޮށްފި