ލުބުނާނުގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހިޒްބުﷲ ޖަމާއަތުގެ އާ ލީޑަރަކަށް ނާއިބު ލީޑަރު ނާއިމް ގާސިމް ހަމަޖައްސައިފި އެވެ.
ނާއިމް އާ ލީޑަރަކަށް ހަމަޖެއްސީ އިޒްރޭލުގެ ހަމަލާއެއްގައި ހިޒްބުﷲގެ ކުރީގެ ލީޑަރު ހަޝަން ނަސްރުﷲ ޝަހީދުކޮށްލުމާ ގުޅިގެން އޭނާގެ ބަދަލުގަ އެވެ.
ހިޒްބުﷲ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ޝޫރާ ކައުންސިލުން ސެކްރެޓަރީ ޖެނެރަލުކަމަށް 71 އަހަރުގެ ނާއިމް ހަމަޖައްސާފައިވާ ކަމަށެވެ.
ހިޒްބުﷲ އިން ނާއިމް ލީޑަރުކަމަށް ހަަމަޖައްސާ އިއުލާން ކުރިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިޒްރޭލުން ވަނީ ނާއިމް ވެސް އަވަހަރާކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ނާއިމް ގާސިމް ހިޒްބުﷲ ގެ ނާއިބު ލީޑަރު ގޮތުގައި ހިދުމަތް ކުރަން ފެށީ 1991 ވަނަ އަހަރު އެވެ. އޭނާ ދިރިއުޅުއްވަނީ އީރާނުގެ ވެރިރަށް ތެހެރާނުގަ އެވެ. ނާއިމް ގާސިމް އަކީ 1980 ވަނަ އަހަރު ހިޒްބުﷲ އުފެއްދުމުގެ ފައުޑަރެކެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހިޒްބުاللهގެ އެންމެ އިސް ތަރުޖަމާނެއްގެ ގޮތުގައި ވެސް ހުންނެވި ނާއިމް ގާސިމްއަކީ ވަރަށް ގިނައިން އިންޓަވިއުތަކުންނާއި ޓީވީތަކުން ފެންނަ މޫނެކެވެ.
އިޒްރޭލުން ސެޕްޓެމްބަރު މަހު ދިން ހަމަލާތަކެއްގައި ހިޒްބުﷲގެ ކުރީގެ ލީޑަރު ނަސްރުﷲ ޝަހީދުކޮށްލުމުން އެ ޖަމާއަތުގެ ލީޑަރަށް ވާނެކަމަށް ބެލެވުނު ނަސްރުﷲގެ ތިމާގަ ބޭފުޅެއްކަމަށްވާ ހާޝިމް ސަފިއްޔުދީން ވެސް އޭގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިޒްރޭލުން ވަނީ ޝަހީދުކޮށްލާފަ އެވެ.
ދުޅަހެޔޮ އަދި އުފާވެރި އާއިލާއަކަށް ދިރިއުޅުމުގެ އާދަތަކެއް!
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟