އިންޑިއާގައި މަޝްހޫރު ލަވަކިޔުމުގެ ރިއަލިޓީ ޝޯއެއް ކަމަށްވާ "އިންޑިއަން އައިޑަލް"ގެ 15 ވަނަ ސީޒަން ފަށައިގެން ކުރިއަށް އެބަދެ އެވެ.
ސޮނީ ޓީވީއިން ކުރިއަށް ގެންދާ ފްރެމެންޓަލް މީޑިއާގެ ފްރެންޗައިޒް ޝޯގެ މި ސީޒަނުގައި ވެސް އެހެން ސީޒަންތަކެކޭ އެއްފަދައިން ތަފާތު ހުނަރުތަކެއް ފެނިގެންދާނެ އެވެ.
އެގޮތުން މި ފަހަރު ވެސް އޮޑިޝަން ބުރާއި ތިއޭޓަރު ބުރުން ފާސްވެގެން ޝޯގެ ގާލާ ރައުންޑަށް ކޮލިފައިވާނީ 12 ލަވަކިޔުންތެރިންނެވެ.
ޝޯގެ މި ސީޒަން ވެސް ހުށައަޅައިދޭނީ އަދިތުޔާ ނާރަޔަން އެވެ. މިފަހަރުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ ބާދްޝާހްގެ އިތުރުން ޝްރެޔާ ގޯޝާލްއާއި ވިޝާލް ޑަދްލާނީ އެވެ.
އިންޑިއަން އައިޑަލްއަކީ ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ގިނަ ލަވަކިޔުންތެރިންތަކެއް އުފެއްދި ޝޯއެކެވެ. އޭގެ ތެރޭގައި އަބީޖީތު ސާވަންތު، ރިޝީ ސިންހް އަދި ސަލްމާން އަލީ ފަދަ ތަރިން ހިމެނެ އެވެ.
އިންޑިއަން އައިޑަލް ސީޒަން 15ގެ އާ އެޕިސޯޑުތައް ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭ 20:30 ން ފެށިގެން މީޑިއާނެޓްގެ ސޮނީ ޓީވީއިން ދުރަށް ދައްކާނެ އެވެ.
ރާއްޖޭގެ ކަނޑުގެ ތެލާއި މައުދަން ނެގުމަށް ގާނޫނެއް ހަދަނީ
ދެފައި މައްޗަށް ތެދުވެވޭނެ ކަމުގެ އުއްމީދު ގެއްލުނު: ރާހުލް
ގަވާއިދާ ހިލާފަށް ޔުނިފޯމް އެލަވަންސް ދިން މައްސަލައެއް