ސިޔާސީ ވާދަވެރިޔާ ހިފާ ހައްޔަރުކޮށް، ޖަލަށްލާ ތަން ދެން ނުފެންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫހު އެމަނިކުފާނު ނައްތާލާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވާދަވެރިޔާ އެއީ، ސިޔާސީ ވާދަވެރިއަަށްވާތީ ހިފައި ހައްޔަރުކޮށް، ޖަލަށްލީ ތަނެއް، މިދިޔަ އެއް އަހަރު ތެރޭގައެއް ނުފެންނާނެ. ކުރިއަށް އޮތް ތަނުގައި ވެސް ނުފެންނާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ބަދަލުހިފުމުގެ ގޮތުން މީގެކުރިން ބައެއް ސިޔާސީ ލީޑަރުން ފްރޭމްކޮށް ނުހައްގުން ޖަލަށްލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ވާދަވެރިން ބަދަލުހިފުމުގެ ގޮތުން ހިފައި ހައްޔަރުނުކުރިޔަސް، ގައުމުގެ މުދާ ނުހައްގުގޮތުގައި ހޯދާފައިވާނަމަ އޮންނަ އުސޫލުގެ ތެރެއިން އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިނިވަން މުއައްސަސާތައް އެބަހުރި. ދުސްތޫރީ ނިޒާމު، ޝަރުއީ ނިޒާމު އެބައޮތް. ނިޒާމުގެ ތެރެއިން އެކަންކަން ބެލޭނެ،" ރައީސް ވިދާޅުވި އެވެ."އެކަމަކު ކުރީގައި ފެނުނު ގޮތަށް، އެކި ކަހަލަ ކޮމިޝަންތައް ހަދައިގެން، ސިިޔާސީ ގޮތުން މީހުންގެ ފަހަތުން ދުވެ، ގައުމުގެ ހަމަޖެހުން ނަގާލުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޝަރުއީ ދާއިރާގެ ތަރައްގީއަށް ކުރަންހުރި ކަންކަން ކޮށް އެ ދާއިރާއިން ނެރެންޖެހޭ ނަތީޖާތައް ނެރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ދަންވަރު ހޭލާ އުޅޭނަމަ ހިތުގެ ބަލިތަކަށް މަގުފަހިވޭ: ދިރާސާ
"މައިކަލް" އަނެއްކާވެސް ޗާޓުގެ އެއްވަނައަށް!
"ވެލްކަމް ޓު ދަ ޖަންގަލް"ގެ ޓީޒާ ނެރެފި
