ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީން ޓޫރިޒަމް ފުޅާކުރަން ބޮޑު ޕްލޭނެއް ހަދައިފި އެވެ.

މެދުއިރުމަތީގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށުގައި ޓޫރިޒަމް ފުޅާކުރަން ވަނީ 20 އަހަރުގެ ޕްލޭނެއް އެކުލަވާލައިފަ އެވެ.

ދުބާއީން އިއްޔެ އާއްމުކުރި ޕްލޭންގައި އެ ސިޓީގައި ޓޫރިސްޓް ހޮޓާތަކުގެ ޖާގަ ކުރިޔަށް އޮތް 20 އަހަރު 134 ޕަސެންޓަށް އިތުރު ކުރަން ހިމަނާފައިވެ އެވެ. މިއީ ގަލްފްގެ ގައުމުތަކުގެ ތެރޭގައި އެ ގައުމު ބާރުވެރި ކުރުމަށް ކުރާ ކަމެކެވެ.

ދުބާއީ 2040ގެ ޕްލޭނަކީ އެ ގައުމުގެ ގޮނޑުދޮށުގެ ޖާގަ 400 ޕަސެންޓް އިތުރުކުރުމާއި 168 ސްކޮޔާ މީޓަރުގެ ބިން އެހެނިހެން ވިޔަފާރިތަކަށް ދޭން ވެސް ނިންމާފައިވެ އެވެ.

އެމިރޭޓްސް އިން ދެކޭގޮތުގައި އެ ގައުމުގެ އާބާދީ 2040 ގައި 5.8 މިލިއަނަށް އަރާނެ އެވެ. މިއީ މިހާރުގެ އާބާދީ އަށް ވުރެން 3.3 މިލިއަން އިތުރު އަދަދެކެވެ.