ދައުލަތުގެ މުވައްޒަފެއް ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ މީހަކު ނުހައްގުން މުއްސަނދިކަން ހޯދައިފިނަމަ ދައުވާ ކުރެވޭ ގޮތަށް ޤާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ބަލައިގަނެފި އެވެ.
ސަރުކާރުގެ ފަރާތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ހުށަހެޅުއްވި ބިލުގައި ޕީނަލް ކޯޑުގެ 515 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ.
ބިލު ހުށަހެޅި މައިގަނޑު ސަބަަބު ކަމުގައި ބަޔާންކޮށްފައިވަނީ 515 މާއްދާގައި މިހާރު ކުށް ބަޔާންކޮށްފައި އޮތް އިބާރާތުން އޮޅުން އަރާތީ އެކަން އިސްލާހުކުރުމަށެވެ.
މި ބިލުގައި ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެމެ ނުވަތަ ހުރިއިރު އާމްދަނީ އާ ނުބައްދަލު ދިރިއުޅެއް އުޅޭނަމަ ދަައުވާ ކުރެވޭނެ އެވެ.
ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބޭ އާމްދަނީ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދައި މިލްކުކުރުމުންވެސް ދައުވާ ކުރެވޭނެ އެވެ.
ނަމަވެސް، އެ މުއްސަނދިކަން ހޯދާފައި ވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށްދެވިއްޖެނަމަ، އެ ހާލަތުގައި އޭނާ ކުރަނީ ކުށެއް ނޫންކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
މަޖިލީހުން މި ބިލު ބަލައިގަނެފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. އެއްވެސް މެންބަރެއް މި ބިލާ ދެކޮޅަށް ވޯޓެއް ނުދެއްވަ އެވެ. މި ބިލު މިހާރުވަނީ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާލާފަ އެވެ.
ދައުލަތުން ވައްކަން ކޮށްފި ނަމަ އަތްކަނޑަންޖެހޭ ގޮތަށް ޤާނޫނެއް ހަދާފަ ހިތްވަރު ހުރިއްޔާ އެ ތަންފީޒު ކޮށްބަލަ.......ނުވަންޏާ ގެއަށް ކަނޑާލާ.....