ދުނިޔޭގައި ދިރިއުޅުމުގެ ފެންވަރު އެންމެ ރަނގަޅު ސިޓީގެ ލަގަބު ޖެހިޖެހިގެން 10 ވަނަ ފަހަރު އިނގިރޭސި ވިލާތުގެ ވެރިރަށް ކަމަށްވާ ލަންޑަނަށް ލިބިއްޖެ އެވެ.
ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި އިގްތިސާދީ ކުރިއެރުމަށް ހާއްސަވެފައިވާ ކުންފުންޏެއް ކަމަށްވާ ރިސޮނެންސްއިން ކޮންމެ އަހަރަކު އާއްމުކުރާ މި ލިސްޓުގެ ގަދަ ތިނެއްގައި ދެން ހިމެނެނޭ އެމެރިކާގެ ނިޔުޔޯކްއާއި ފްރާންސްގެ ޕެރިސް އެވެ.
އެއް މިލިއަނަށްވުރެ ބޮޑު އާބާދީތައް ހިމެނޭ ސިޓީތަކާއެކު އެކުލަވާލެވޭ އެ ލިސްޓު ރޭންކު ކުރުމުގައި ބަލާ މައިގަނޑު ކަންކަމަކީ އުމްރާނީ ތަރައްގީއާއި ސަގާފަތުގެ އިތުރުން ދިރިއުޅުމުގެ ފެންވަރާއި ވިޔަފާރީގެ ފުރުސަތުތަކެވެ.
ކޮންމެ އަަހަރަކު ވެސް އެ ލިސްޓު އެކުލަވާލުމުގައި ބަލާ މިންގަނޑުތަކަށް ބަދަލު އައި ނަމަވެސް ލަންޑަނުން ވަނީ ފާއިތުވި 10 އަހަރު ވެސް ލިސްޓުގެ ކުރި ހޯދާފަ އެވެ.
ލަންޑަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު ވެސް މީހުން ހިޖުރަކުރާ ދުނިޔޭގެ އެންމެ މަޝްހޫރު ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީ އެކެވެ.
މި ލިސްޓުގައި އޭޝިއާ ސަރަހައްދުން ހޮވިފައިވާ ސިޓީތަކުގެ ތެރޭގައި ޓޯކްޔޯ، ސިންގަޕޫރު، ކުއަލަ ލަމްޕޫރު އަދި ބެންކޮކް ހިމެނެ އެވެ.
ހޮރުޒޫމް ކަނޑުއޮޅި ހައްލުކުރަން ނަގާނީ އެންމެ 2 މިނެޓް: ޓްރަމްޕް
އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތައް ނާޒުކު ފައްތަރެއްގައި
އެމްއޭސީއެލް އިން ސިޔާސީ ގޮތުން ވަޒީފާ ދިން މީހުނަށް 2.1 މިލިއަން