ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި އޭނާގެ ލޯބިވެރިޔާ، ނިއުޔޯކް ޔޭންކީސްގެ ކުރީގެ ބާސްކެޓްބޯޅަ ތަރި އެލެކްސް ރޮޑްރިގޭޒް އެންގޭޖްމަންޓް ރޫޅާލި ކަމަށް ދެކެވޭ ވާހަކަތައް އެދެ މީހުން ދޮގުކޮށްފި އެވެ.

ސެލެބްރިޓީ ހަބަރު ވެބްސައިޓެއް ކަމަށްވާ ޓީއެމްޒެޑްއާއި ނިއުޔޯކް ޕޯސްޓުގައި އަދި އެހެން އެމެރިކާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހުކުރު ދުވަހު ރިޕޯޓުކުރީ އެދެ މީހުންގެ އެންގޭޖްމެންޓް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"މިއީ ދޮގު ރިޕޯޓުތަކެއް. އަހަރެމެން މިއުޅެނީ ކަންތައްތަކެއް ހައްލު ކުރުމުގެ ތެރޭގައި،" ޖެނިފާ އާއި އެލެކްސް ގުޅިގެން އެމެރިކާގެ މީޑިއާތަކަށް ދިން ބަޔާނެއްގައި ބުންޏެވެ.

ޖެނިފާ، 51، އަދި ރޮޑްރިގޭޒް، 45، ލޯބީގެ ގޮތުން ގުޅުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެދެމީހުން ވަނީ އެއްކޯށް މަޔާމީއިން 40 މިލިއަން ޑޮލަރުގެ އަގުހުރި ގެއެއް ވެސް ގަނެފަ އެވެ.

އެދެމީހުންނާ ގާތް ފަރާތަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޯށްފައިވާ ގޮތުގައި ދެމީހުންގެ މެދުގައި މައްސަލަތައް ޖެހުނު ނަމަވެސް ބްރޭކްއަޕްވެފައެއް ނުވެ އެވެ. އަދި މިހާރު އެލެކްސް ހުރީ މަޔާމީގައި ކަމަށްވެފައި ފިލްމެއްގެ ޝޫޓިންގައި ޖެނިފާ ޑޮމިނިކަން ރިޕަބްލިކްގައި ހުރުމުން އެކަކު އަނެކަކާއި ބައްދަލުކުރުމުގައި ވެސް ދަތިތައް އުޅޭކަމަށް ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެ މީހާ ބުންޏެވެ. -- އަލްއަރަބިއާ