އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު ރާއްޖޭން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުވައިފި އެވެ.
ފުއާދު އެ މަގާމަށް ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ސިޓީ އިއްވުމަށްފަހު މައްސަލަ ދިރާސާ ކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ފުއާދުގެ އީސީ ރައީސް ކަމުގެ ދައުރު ހަމަވީ ހޮނިހިރު ދުވަހު އެވެ. ދެ ދައުރެއްގެ މަތިން އީސީގެ ރައީސްކަން ކުރެއްވި ފުއާދު އެންމެފަހުން މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ 24 ނޮވެމްބަރު 2019ގަ އެވެ. އަދި ކޮމިޝަންގެ ރައީސްގެ މަގާމަށް އޭނާ ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރު އެވެ.
ގޭންގުތައް ތިބިތޯ ޔަގީންކުރަން 576 ތަނެއް ބަލައި ފާސްކޮށްފި
އެމްޑީޕީ ހިންގުމަށް ފައްޔާޒް ބުރަ މަސައްކަތް ކުރެއްވި: ސޯލިހު
ލަސްވެގެން ނިދުމުގެ 4 ގަޑިއިރު ކުރިން ކާންވާނެ: ދިރާސާ