އޮސްޓްރޭލިއާއިން އެސްޓްރާޒެނިކާ ވެކްސިން ދިނުން މެދުކަނޑާނުލާނެ ކަމަށް ބުނެފި އެވެ.

ލޭގަނޑުވުމުގެ މައްސަލަ ދިމާވާ ކަމަށް ބުނެ، ޔޫރަޕުގެ އެތައް ގައުމުތަކެއްގައި މި ވެކްސިން ދިނުން މިހާރު މެދުކަނޑާލާފައިވެ އެވެ. ނަމަވެސް އޮސްޓްރޭލިއާއިން ދެކޭގޮތުގައި މި ވެކްސިން ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރެ އެވެ.

އޮސްޓްރޭލިއާގެ ޗީފް މެޑިކަލް އޮފިސާ ޕޯލް ވިދާޅުވާ ގޮތުގައި ވެކްސިން ޖެހުން ކުރިއަށް ގެންދަން ނިންމީ ވެކްސިނާއި ލޭގަނޑުވުމުގެ ކޭސްތަކާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތުމުންނެވެ.

ޔޫރަޕުގެ ބައެއް ގައުމުތަކާއި އިނގިރޭސިވިލާތާއި ޕޯލޭންޑް ފަދަ ގައުމުތަކުން އަދިވެސް މި ވެކްސިން ބޭނުން ކުރަމުންދެ އެވެ.

އެސްޓްރާޒެނެކާއިން ބުނިގޮތުގައި 17 މިލިއަނަށް ވުރެ ގިނަ މީހުން ރިވިއުކުރުމަށް ފަހު ވެސް ވެކްސިނާއި ލޭގަޑުވުމާއި ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.

އޮސްޓްރޭލިއާގެ 25 މިލިން މީހުންނަށް އެސްޓަރާ ޒެނިކާ ވެކްސިން ޖަހަން ހަމަޖެހިފައިވެ އެވެ.

އެ ގައުމުގައި އެސްޓްރާޒެނިކާ ވެކްސިން ޖަހަން ފަށައިފައި ވަނީ މިދިޔަ ހަފުތާގަ އެވެ.