ރައްޓެހިވެގެން އުޅޭތާ އެއް އަހަރު ފަހުން ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާއި އޭނާގެ ލޯބިވެރިޔާ ބެނީ ބްލޭންކޯ އެންގޭޖް ވެއްޖެ އެވެ.
އުމުރުން 32 އަހަރުގެ ސެލީނާގެ އެންގޭޖްމަންޓް ހަބަރު އޭނާ އާއްމުކޮށްފައިވަނީ ބުދަ ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއަކާއެކު ސެލީނާގެ އެންގޭޖްމަންޓް އަނގޮޓީގެ ކްލޯޒް އަޕް ޝޮޓެއް ވެސް ހިއްސާ ކޮށްފައިވެ އެވެ.
އެ ޕޯސްޓުގެ ކެޕްޝަންގައި ސެލީނާ ބުނެފައިވަނީ އޭނާއާއި ބެނީގެ ހަޔާތް މިހާ ހިސާބުން ފެށުނީ ކަމަށެވެ. އެ ޕޯސްޓަށް ކޮމެންޓު ކުރަމުން ބެނީ ބުނީ ސެލީނާއަކީ އޭނާގެ އަންހެނުން ކަމަށެވެ.
މީގެ ކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުގައި ބެނީ ވަނީ އަވަސް މުސްތަގުބަލެއްގައި އޭނާއާއި ސެލީނާގެ ކައިވެނި ފެނިދާނެ ކަމަށް ބުނެފަ އެވެ.
2019 ވަނަ އަހަރު ރިލީޒް ކުރި ލަވައެއްގެ ތެރެއިން ބައްދަލުވި ސެލީނާއާއި ބެނީގެ ލޯބީގެ ގުޅުން ފެށުނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.
މާތްކަމޯ!! މި ޚަބަރު އަޑުއަހާފަ އަހަރުން ބުރޯގެ ހިތް ފަޅަފަޅައިގެން ހިނގައިދާނެ!! އޭނާއަކީ ސެލީނާއާހެދި ދީވާނާވެފާހުރި ޒުވާނެކެވެ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!!
ރިޕްލައި