ނޯރާ ފަތޭހީ މަޝްހޫރީ ނެށުމުގެ ދާއިރާއިން އެކަންޏެއް ނޫނެވެ. އޭނާ އަކީ ފެޝަންގެ ދާއިރާގައި ވެސް މިހާރު ނަންހިނގާ ތަރިއެކެވެ.
މިހާރު ނޯރާގެ ކޮންމެ ފެނިލުމަކަށް ކެތް މަދުވެފައި ތިބޭ އެތައް ބަޔަކު ތިބެ އެވެ. އަދި އޭނާ ހެދުން އަޅައިގެން ހުންނަ ޗާލުގޮތުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދަ އެވެ.
އެންމެ ފަހުން ނޯރާގެ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯގައި އޭނާ ލައިގެން ހުރި ކާޑިގަން ވެސް ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.
ގޫޗީ ބްރޭންޑްގެ މި ކާޑިގަން ޖެކެޓުގެ އަގަކީ 1.8 ލައްކަ އިންޑިއާ ރުޕީސް އެވެ. އެއީ ގާތްގަނޑަކަށް 2،508 ޑޮލަރެވެ.
ވޫލުން ހަދާފައިވާ މި ޖެކެޓުގައި މަލުގެ ޑިޒައިންތައް ކުރަހާފައި ހުއްޓެވެ. މި ލުކް ފުރިހަމަ ކުރުމަށް ސްޓޭޓްމެންޓް ކަންފަތުލާ އެއްޗެއް ލައްވާފައިވާ އިރު ސަޅި މޭކްއަޕަކާއެކު އިސްތަށިގަނޑު އޮތީ ދޫކޮށްލާފަ އެވެ.
ނޯރާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާ އިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ އަޖޭ ދޭވްގަން އާއި ސޮނާކްޝީ ސިންގްއާ އެކު "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ.