އެމްޑީޕީން ބޭއްވި ޖަލްސާގައި "ތިއީ ބަހުލޫލެކޭ" ލަވަ ކީ މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރު ވާން އަންގައިފި އެވެ.
އެނގިފައިވާގޮތުގައި އޭނާ ފުލުހަށް ހާޒިރުވާން އެންގީ ފޯނުން ގުޅައިގެނެވެ. އަދި މިއަދުގެ ވަގުތެއްގައި ޗިޓު ހަވާލު ކުރާނެކަމަށް ފުލުހުން ބުނެފައިވާކަމަށް އޭނާ ބުންޏެވެ.
ރ ދުވާފަރު ކައުންސިލް މެންބަރެއް ކަމަށްވާ ޔަޝްފާ ފުލުހަށް ހާޒިރުކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ "ޤާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އެމްޑީޕީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އޭނާ ދެއްކި ވާހަކައާ ގުޅިގެންނެވެ.
ޔަޝްފާ އެ ޖަލްސާގައި ކިޔާފައިވާ "ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ" ލަވަ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ.
ސިޔާސީ ޕޯޑިއަމްއެއްގައި ދެއްކި ވާހަކައަކުން ޔަޝްފާ ފުލުހަށް ހާޒިރުކުރަން ނިންމާފައިވާއިރު، މި ފަހުން ވަނީ "ކައްޒާބު" ކިޔައިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކޮށްފަ އެވެ.
ގަދަ އަލީގައި ނިދުމަކީ ހިތުގެ ސިއްހަތަށް ނުރައްކާވާ ކަމެއް!
ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި
ރުޅިއަކީ ޖިސްމާނީ ސިއްހަތަށް ވެސް ނުރައްކަލެއް!
ސިޔާސީ ވާން ވާނީ ވެސް ވަކިވަރަކަށް. ކޮންމެ ބަޔަކަށް ތާއީދު ކުރިއަަސް މީ ބޮޑުވަރެއް.