ޒިއުރިކް (19 މާޗު) – ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރު މިއަދު ނެގިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަަމަށްވާ ރެއާލް މެޑްރިޑާއި 2019 ޗެމްޕިއަން ލިވަޕޫލް ކުރިމަތިލާން ޖެހިއްޖެ އެވެ.

ރެއާލާއި ލިވަޕޫލް ވަނީ 2018 ވަނަ އަަހަރު މުބާރާތުގެ ފައިނަލްގައި ކުރިމަތިލައިފަ އެވެ. އެ މެޗުގައިި 3-1 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޗެމްޕިއަންކަން ހޯދީ ލިވަޕޫލެވެ.

ލިވަޕޫލާއި ރެއާލް މި މުބާރާތުގައި ޖުމްލަ ހަ ފަހަރު ކުރިމަތިލާފައިވާއިރު، ކޮންމެ ޓީމަކުން ވެސް ވަނީ ތިން މެޗު ކާމިޔާބުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނާނީ މިދިޔަ ސީޒަންގެ ރަނަރަޕް ޕީއެސްޖީ އެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުއާޓާގައި ނުކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑެވެ. ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ޕޯޓޯ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އޭޕްްރީލް މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހެވެ. – ބީބީސީ

ކުއާޓާ ފައިނަލްގެ މެޗުތައް:

މެންޗެސްޓާ ސިޓީ – ބޮރޫޝިއާ ޑޯޓްމަންޑް

ޕޯޓޯ – ޗެލްސީ

ބަޔާން މިއުނިކް – ޕީއެސްޖީ

ރެއާލް މެޑްރިޑް – ލިވަޕޫލް

ސެމީ ފައިނަލް:

ބަޔާން - ޕީއެސްޖީ – މެންޗެސްޓާ ސިިޓީ - ޑޯޓްމަންޑް

ޕޯޓޯ - ޗެލްސީ – ރެއާލް މެޑްރިޑް – ލިވަޕޫލް