އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.
ބޮޑުވަޒީރު ބޮރިސް ވެކްސިން ޖައްސަވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގަ އެވެ. މި ހޮސްޕިޓަލަކީ އެ މަނިކުފާނު މިދިޔަ އަހަރުގެ އޭޕްރިލްގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދިން ހޮސްޕިޓަލެވެ.
ވެކްސިން ނުޖަހާ ތިބި މީހުންނަށް ނަސޭހަތްތެރިވަމުން ބޮރިސް ވިދާޅުވެފައި ވަނީ "ވެކްސިން ޖެހި އިރު ޖެހި ކަމެއް ވެސް ނޭނގޭ،" ކަމަށެވެ.
އެ މަނިކުފާނު އަމިއްލަފުޅަށް ވެކްސިން ޖެއްސެވުމުން ޔޫރަޕުގެ އެހެން ލީޑަރުންނަށް ވެކްސިންގެ ރައްކާތެރިކަމުގެ އިތުބާރުއޮތްކަން ހާމަކޮށްދެއްވާފައި ވެ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް އެ ގައުމުގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. ބުރާސްފަތި ދުވަހު ވެސް 660،276 ވެކްސިން ވަނީ ޖަހާފަ އެވެ.
އުމުރުން 36 އަހަރުގައި "ސްކްރީމް"ގެ ތަރި ހޭޑެން މަރުވެއްޖެ
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
ޕެޓިޝަނުގައި މުވައްޒަފުން ސޮއިކުރަން މަޖުބޫރުކުރުވަނީ
