ހއ. ފިއްލަދޫ އަށް 25 ކިލޯގެ މަސްތުވާތަކެތި ލައްގާފައި ހުއްޓާ މިއަދު ފެނިއްޖެ އެވެ.
ފިއްލަދޫ ކައުންސިލުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މިއަދު 11:00 އެރަށު ދޯންޏަކަށް ކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރީ 500 ގްރާމްގެ 50 ޕެކެޓުގައި ކަމަށް ވެސް އެ ރަށު ކައުންސިލުން ބުންޏެވެ.
ފިއްލަދޫ ކައުންސިލުން ބުނީ ފެނުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
ބަރުދަން ލުއި ކުރުމަށްއުރެ އިތުރު ކުރަން ފަސޭހަ ވަނީ ކީއްވެ؟