ކޮރަޕްޝަން އާ ގުޅޭ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ޓްރެޜަރީ މިނިސްޓަރު ޓިއުލިޕް ސިއްދީގު އިސްތިއުފާ ދެއްވައިފި އެވެ.
އިނގިރޭސިވިލާތުގެ ޓްރެޜަރީ މިނިސްޓަރު ޓިއުލިޕް ސިއްދީގަކީ އިނގިރޭސިވިލާތަށް އުފަން މީހެއް ނަމަވެސް އޭނާގެ އާއިލާ ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. ޓިއުލިޕް އިސްތިއުފާ ދެއްވާފައިވަނީ ބަންގްލަދޭޝްގައި އޭނާއާ ދެކޮޅަށް ކޮރަޕްޝަން މައްސަލަތަކެއް ތަހުގީގުކުރަން ފެށުމުންނެވެ. ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަކީ ޓިއުލިޕްގެ ބޮޑުދައިތަ އެވެ.
އިސްތިއުފާދެއްވަމުން ޓިއުލިޕް ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ، އަދި ވަޒީރުގެ މަގާމުގައި ހުރެ ކުރުން މަނާ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިސްތިއުފާ މި ދެއްވަނީ ތަހުގީގަށް ފުރުސަތު ދޭން ކަމަށެވެ.
ޓިއުލިޕަށާއި އޭނާގެ އާއިލާ ބައެއް މެންބަރުންނަށް ތުހުމަތުކުރެވެނީ މަނީ ލޯންޑަރިންގްގެ ތުހުމަތެވެ. އެއީ ބަންގްލަދޭޝްގައި އިންވެސްޓްކުރަން ބޭރު ގައުމުތަކަށް ފުރުސަތު ހުޅުވާލުމުގައި އިިންވެސްޓަރުންގެ ފަރާތުން ލިބުނު ފައިސާގައި ޖެހުނުކަމުގެ ތުހުމަތެވެ.
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
ސައުދީގެ ކޯލިޝަނުން ހޫތީންނަށް ވައިގެ ހަމަލާތަކެއް ދީފި
ގޫގުލްއަށް ދޭ ބިމުން ކައުންސިލަށް ކުލި ނަގާނަން: ނިޒާރު