ވިލިމާލޭ މޫދަށް އެރި އުޅެނިކޮށް އޮޔާ ކަނޑަށް ދަމައިގަތް ދިވެއްސަކު އެމްޓީސީސީ ފެރީއަކުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު ފަހު 3:55 ހާއިރު ކަމަށާއި އޮޔާ ދިޔަ މީހާ އެމްޓީސީސީ ފެރީއަކަށް ނަގައި، ސަލާމަތްކޮށްފައިވާ ކަމަށެވެ.
އޮޔާ ގޮސްފައިވަނީ ވިލިމާލެ ވޯޓަ ސްޕޯޓްސް ބީޗު ފަޅިއަށް މޫދަށް އެރި އުޅުނު މީހެކެވެ.
އެ މީހާއަށް ވިލިމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ވަނީ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީހާ ސްޓޭބަލް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ވިޔަފާރި ފެށުމަށް ދޫކުރާ ލޯނުގެ އަދަދު އިތުރުކޮށްފި
އެމެރިކާގެ ސިޔާސަތު ބަދަލުވާނެ ކަމަށް ބަލައިގެންނުވާނެ: ހާމަނާއީ
އިންތިހާބު ނާކާމިޔާބުވީ އީރާން ހަނގުރާމައިގެ ސަބަބުން: ވެންސް