ކޮރަޕްޝަންގެ ތުހުމަތުގައި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ޔޮޝިތާ ރާޖަޕަކްސަ މިއަދު ހައްޔަރުކޮށްފި އެވެ.
ޔޮޝީތާ ހައްޔަރު ކޮށްފައި ވަނީ ރާޖަޕަކްސަގެ ވެރިކަމުގެ ދުވަސްވަރު ލަންކާގެ ކަތަރަގަމަ ރިސޯޓުން ގެއެއް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަދި ޔޮޝިތާގެ ބޮޑުބޭބެ ގޮޓަބަޔަ ރާޖަޕަކްސާއާ ވެސް ވަނީ ފުލުހުން މިދިޔަ ހަފްތާގައި ސުވާލުކޮށްފަ އެވެ.
ނޭވީގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޔޮޝިތާއަކީ މަހިންދަ ރާޖަޕަކްސަގެ ތިން ދަރިކަލުންގެ ތެރެއިން ދެވަނައަށް ހުންނަ ދަރިކަލުންނެވެ.
ޔޮޝިތާ ހައްޔަރުކޮށްފައި މިވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސެކިއުރިޓީ މިދިޔަ މަހު ސަރުކާރުން ވަރަށް ބޮޑަށް ދަށްކުރި މައްސަލާގައި އެކަން އިޔާދަކޮށްދިނުމަށް މިދިޔަ ހުކުރު ދުވަހު ސުޕްރީމް ކޯޓަށް އޭނާ މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ އަނޫރާ ކުމާރާ ޑިސަނަޔަކަ ހަވާލުވެވަޑައިގަތުމަށްފަހު ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން، ނަމާލް ރާޖަޕަކްސައާ ވެސް އެ ގައުމުގެ ފުލުހުން މީގެ ކުރިން ވަނީ ގެއެއް ގަތުމުގައި ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.
ދެވަނަ ދަރިފުޅަށް ބަލިވެއިން ދީޕިކާއާއި އާއިލާގެ ލޯބި ފޮޓޯތަކެއް!
އައިފޯން 18 ޕްރޯ ސީރީޒް ބާޒާރަށް: އަގު ފެށެނީ 1199 ޑޮލަރުން
ނިލަންދޫ އަމާން ހިޔާގެ ސީލިންގު ވެއްޓި ކުދިން އެހެން އިމާރާތަކަށް