ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް މިއަދު ބައްދަލުކުރައްވައިފި އެވެ.
ނާޒިލް ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލީސް ހުޅުވޭ ދުވަހުގެ ޖަލްސާއާ ގުޅިގެން މަޝްވަރާކޮށްލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މަޖިލީހުގެ މި ދައުރު ފެށިގެން ކުރަން ހުރި ކަންތައްތަކާ ގުޅޭ ވާހަކަތައް ފިޔަވައި އިތުރު އެއްވެސް ވާހަކައެއް އެ ބައްދަލުވުމުގައި ދެކެވިފައިނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
އަބްދުއްރަހީމް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރާ ބައްދަލުކުރައްވާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމާ ގުޅޭގޮތުން ނުރަސްމީކޮށް ޕީއެންސީގެ ބައެއް މެމްބަރުން މީގެކުރިން މަޝްވަރާކޮށްފައިވެ އެވެ.
އަބްރަހަމް މަނަވަރުގައި ތިބި ސިފައިންގެ ހާލަތު ގޯސްވެއްޖެ
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
އާމިރުއާއެކު އަލުން ފިލްމެއް ކުޅެން ބޭނުން ކަމަށް ޕްރިތީ ބުނެފި
