ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗާއި، ޔޫރޮޕާ ލީގުގައި ގްރަނާޑާއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑް ކުޅޭ މެޗު ސްޕެއިންގައި ކުޅޭވޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެނުމާ ގުޅިގެން، ސްޕެއިން އިން އެޅި ފިޔަވަޅުތަކާއެކު ޔޫރަޕްގެ މުބާރާތްތަކުގައި އެންމެ ފަހުން ޗެލްސީ އާއި ޔުނައިޓަޑް ކުޅުނު މެޗުތައް ވެސް ސްޕެއިންގައި ކުޅެވޭ ގޮތެއްނުވި އެވެ.
ސްޕެއިން އިން އެޅި ފިޔަވަޅުތައް މާޗު މަހުގެ 30ގެ ފަހުން އުވާލަން ނިންމުމާ ގުޅިގެން، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަންނަ މަހުގެ ހަ ވަނަ ދުވަހު ރެއާލްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ސްޕެއިންގައި ކުޅެވޭނެ އެވެ. އަދި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ގްރަނާޑާ އާއި ޔުނައިޓަޑް ބައްދަލުކުރާ މެޗު ވެސް ސްޕެއިންގައި ކުޅެވޭނެ އެވެ. – ބީބީސީ
އުފާވެރި ދިރިއުޅުމަކަށް ލޯބީގެ ގުޅުމެއް މުހިއްމެއް ނޫން!
މައިކަލްގެ ބައޮޕިކް ފިލްމުގައި އޭނާގެ ކޮއްކޮ!
ފޮނަދޫގައި ފްލެޓްއަޅަން އަބްދުއްރަހީމްގެ އަނބިކަނބަލުންނަށް!