ކޮވިޑް 19ގެ ލޮކްޑައުންގައި ބޮލީވުޑްގެ ތަރި ޚުޝީ ކަޕޫރުގެ ބަރުދަން އިތުރުވީ އޭނާގެ ދައްތަ ޖާންވީ ކަޕޫރުގެ ސަބަބުން ކަމަށް ބުނެފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޚުޝީ ބުނީ އޭނާއަކީ އޭނާގެ ދައްތަގެ ކެއްކުން ޓެސްޓުކުރަން ހުންނަ މީހެއް ކަމަށެވެ. އެގޮތުން ކޮވިޑް ލޮކްޑައުންގެ ތެރޭގައި ވެސް ޖާންވީ ކައްކާ ކެއުންތައް ކާން ޖެހުމުން ބަރުދަން ވެސް އިތުރުވި ކަމަށް ޚުޝީ ބުނެފައިވެ އެވެ.
"ޖާންވީއަކީ ކެއުމަށް މޮޔަވެފައި ހުންނަ މީހެއް. އަހަންނަކީ އޭނާގެ ކެއްކުން ޓެސްޓު ކުރަން ހުންނަ މީހާ،" ޚުޝީ ބުންޏެވެ.
ކުރީގެ ފިލްމީ ތަރި ސްރީދޭވީގެ ދެ ދަރިން ކަމަށްވާ ޖާންވީއާއި ޚުޝީއަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ހިއްސާކުރާ ދެބެއިންނެވެ.
2023 ވަނަ އަހަރު ރިލީޒްކުރި "ދަ އާޗީސް"އިން ޚުޝީ ފިލްމީ ދާއިރާއަށް ތައާރަފްވިއިރު ބޮޑު ސްކްރީނުގައި އަޅުވާ އޭނާގެ ފުރަތަމަ ފިލްމަކީ ކުރިއަށް އޮތް "ލަވްޔައްޕާ" އެވެ.
ފާޑުކިޔުން އަމާޒުވި ބޭފުޅުންނާއެކު އަލުން ކެބިނެޓު އެކުލަވާލުން!
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް އެންމެފަހުން މަގުމަތިވެއްޖެ