އަންނަ ބުރާސްފަތި ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާ ރަށު އެކްސްޕޯ 2025 ގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް އަދި ހޯލްސޭލް ކުރަމުންދާ ވިލާ ޓްރޭޑިން އިން ވިއްކާ އުފެއްދުންތައް A36 ސްޓޯލުން ދައްކާލަން ހަމަޖެހިއްޖެ އެވެ.

މި އެކްސްޕޯ ކުރިޔަށް ދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 06:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.

ވިލާ ޓްރޭޑިން އިން ބުނީ މި އެކްސްޕޯގައި އެ ކުންފުނިން ވިއްކާ ޕްރައިމް ޑްރިންކާއި އަލްމަރާއި ޖޫހުގެ އަޖުމަ ބަލައިލުމަށް ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެކްސްޕޯގެ ތެރެއިން ކަސްޓަމަރުންނާއި އެކި ވިޔަފާރިތަކާ ގާތުން ބައްދަލުވެ، އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުން އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ވިލާ ޓްރޭޑިން އިން ބުނީ އެކްސްޕޯގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިލާ ޓްރޭޑިންއާ އެކު ކުރިއަށްދާން ބޭނުންވާ ވިޔަފާރިތަކަށް އެތަނުގައި ޕާޓްނާޝިޕްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ވިލާ ޓްރޭޑިން އިން އަންނަނީ ރާއްޖޭގެ މާކެޓަށް ފެންވަރު ރަނގަޅު އުފެއްދުންތައް ތައާރަފްކޮށް، އަތްފޯރާ ފަށުގައި ވިއްކަމުންނެވެ.

ވިލާ ޓްރޭޑިންގެ ހޯލްސޭލް އައުޓްލެޓް.

ވިލާ މާޓުގެ ކާމިޔާބާއެކު ރީޓެއިލް ވިޔަފާރީގެ އިތުރުން ހޯލްސޭލު ވިޔަފާރި ފުޅާކޮށް "ވިލާ ޓްރޭޑިން ހޯލްސޭލް ސެންޓަރު" 2023 ވަނަ އަހަރު ވަނީ ހުޅުވައިފަ އެވެ.

ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން 2021 ގައި އުފެއްދި ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑުގެ މަގުސަދަކީ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރީޓެއިލް ވިޔަފާރީގެ ކާމިޔާބާއެކު، ސެޕްޓެމްބަރު 2021 ގައި ހޯލްސޭލްކޮށް ވެސް ވިލާއިން މުދާ ވިއްކަން ފެށި އެވެ. ހޯލްސޭލްކުރަމުން ދިޔައީ ހޮޓާ، ރެސްޓޯރެންޓާއި ރިސޯޓު އަދި ބޭކަރީތަކަށެވެ.