ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކޮންމެ މަހަކު މަދުވެގެން 83،000ރ. ދައްކައި ލޯނު ހަލާސްކުރަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ބީއެމްއެލް އިން ސިވިލް ކޯޓުގައި އެދުނީ މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާ އާއި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ކޮންމެ މަހަކު މަދުވެގެން 83،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދައްކަމުން ގޮސް މެއި 31، 2036 ގެ ނިޔަލަށް ދަރަނި ހަލާސްކުރުމަށެވެ.
އެ ލޯނު ނަގާފައި ވަނީ ހ. ފުރާތު ރަހުނު ކޮށްގެނެވެ. ދަރަނި އަދާކުރަން މުހައްމާ އެއްބަސްވެފައިވާތީ ގެ ވިއްކާލުމުގެ އަމުރެއް ނެރެދީފައެއްނުވެ އެވެ.
މުހައްމާ އަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.