ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 16އީ ބާޒާރަށް ނެރެފި އެވެ.

މިދިޔަ ބުދަ ދުވަހު ބާޒާރަށް ނެރުނު އައިފޯން 16އީ ފޯނަކީ އެޕަލްގެ ސިގްނޭޗާ އައިފޯން އާއިލާއަށް އެންމެ ފަހުން އިތުރުވި މެމްބަރެވެ.

މި ފޯނުގައި ކުރީގެ ފޯނުތަކަށްވުރެ ރަނގަޅު ކެމެރާއާއި ސްޓޯރޭޖްގެ އިތުރުން ގިނައިރަށް ދެމެހެއްޓޭނެ ބެޓެރީއެއް ހުންނާނެ ކަމަށް އެޕަލްއިން ބުނެ އެވެ.

މީގެ އިތުރުން ވެސް އައިފޯންގެ ކުރީގެ މޮޑެލްތަކުގައި ހިމެނިފައިނުވާ އާ ފީޗާސްތަކެއް ވެސް އައިފޯން 16އީގައި ހިމެނޭނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.

އެޕަލްއިން އައިފޯން 16އީ ނެރެފައި މިވަނީ އައިފޯން އާއިލާއަށް އާ މެމްބަރެއް އިތުރުވާނެ ކަމަށް އެޕަލްގެ ސީއީއޯ ޓިމް ކޫކް މިދިޔަ ހަފްތާގައި ބުނެފައިވަނިކޮށެވެ.

ބާޒާރުގައި މިހާރު ވިކެމުން އަންނަ އައިފޯން 16 އީގެ ފެށޭ އަގަކީ 899 ޑޮލަރު ކަމަށް އެޕަލްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.