ރަމަޟާން މަސް ފެށެން ހަފުތާއަކަށް ވުރެ މަދު ދުވަސްކޮޅަކަށްވީއިރު، ސަރުކާރުން ފައިސާ ނުދޭތީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް މުސާރައާއި އިނާޔާތް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
މެންބަރު ސައުދު ސޯޝަލް މީޑިއާގައި ވިދާޅުވީ މުސްލިމުން ދުވާލު ރޯދަ ހިފާ ބަރަކާތްތެރި ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށްވީއިރު، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް މުސާރައެއް އަދި ރަމަޟާން އިނާޔަތް ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ.
މެންބަރު ސައުދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ރޯދަ މަހުގެ ކުރިން ވިޔަފާރިތަކަށް ފައިސާ ދިނުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރުމަކީ އިންސާނިއްޔަތުގެ ގޮތުން ވެސް އަދި ދީނީ ނަޒަރަކުން ވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ފައިސާ ލިބޭނެ ގޮތެއް ހަދައިދިނުމަށް މެންބަރު ސައުދު ވަނީ އާދޭހާއެކު އެދިވަޑައިގެންފަ އެވެ.
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާތީ އެތައް ވިޔަފާރިއެއް ވަނީ ބަނގުރޫޓުވުމާ ކައިރިވެފަ އެވެ.
ކުންފުނިތަކާއި ސަރުކާރު އޮފީސްތަކުން ކޮންޓްރެކްޓަރުން ލައްވައި މަސައްކަތްކުރުވުމަށްފަހު ފައިސާ ނުދޭތީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ވެސް ދޭން ވަނީ ދަތިވެފަ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެންބަރު ސައުދުﷲ ވެސް ސްވިފްޓް އިންޖިނިއަރިން ކިޔާ ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގަވަ އެވެ. އަދި ސައުދުގެ ކުންފުނިން ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެ އެވެ.
މިރާއްޖެ މިހިނަގނީ "ސީޓީއޭ" ހިނގިގޮތަށް އެދުވަސްވަރުވެސް މުހިއްމުވީ އެންމެމީހެއް، އެހެން މީހުންނަކީ ހައްޕުނޑު.
ރިޕްލައިސަރުކާރަށް އެއަންގަނީ ސަރުކާރު ހިންގަން ފަސްއަހަރަށް ރައޔިތުން ހަވާލު ކުރި ފަރާތުން.ދެން ކާކުތޯ ނުދީގެން އުޅެނީ
ރިޕްލައި