ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ބޭރުކޮށްލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންނަވާ އެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ސަރުކާރުގެ މެންބަރަކު ހުށަހެޅި ބިލަށް ވޯޓުދޭން ނެރުނު ތްރީލައިން ވިޕާ ބައެއް މެންބަރުން ހިލާފުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ބެހޭގޮތުން އަޒާންގެ ބަހެއް އަދި ނުލިބެ އެވެ.
ތްރީލައިން ވިޕާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އިނގުރައދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފަ އެވެ. އަދި ފަލާހުގެ މެސެޖަށް ތާއީީދު ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެފަދައިން އަމަލުކުރުން ކުށްވެރިކޮށް އެ ގްރޫޕްގައި މެސެޖެއް ލިޔުއްވާފަ އެވެ.
އެ ބިލް ބަލައިގަތުމަށް މަޖިލީހުން މިއަދު ފާސްކުރިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ޖުޑިޝަރީ ކޮމިޓީން ވަނީ އެ ބިލް ދިރާސާކޮށް ނިންމާފަ އެވެ.
ރައީސް މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވާ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވެސް އަންނަނީ ބުނަމުންނެވެ.
ކޮވިޑް ފެސިލިޓީއަށް ބޭނުންކުރި އިމާރާތް ޖަލަކަށް ބަދަލުކޮށްފި
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!
