ރަމަޟާން މަހާ ގުޅުވައިގެން އިނގިރޭސި ވިލާތުގެ މުސްލިމުންނަށް ބަހާ ފުޑް ޕެކޭޖްތައް ބަންދު ކުރުމުގައި އެގައުމުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ރާނީ ކަމިލާ ބައިވެރިވެއްޖެ އެވެ.
މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ވީޑިއޯއެއްގައި ފެންނަނީ ޗާލްސްގެ ދެ ކަނބަލުން ކަރުދާސް ކޮތަޅުތަކަކަށް ކަދުރު އަޅާ މަންޒަރެވެ.
ހަބަރުތައް ބުނާ ގޮތުގައި ޝާހީ ދެކަނބަލުން މުސްލިމުންގެ އެ މުނާސަބަތުގައި ބައިވެރިވެފައި ވަނީ ލަންޑަނުގައި ހުންނަ އިންޑިއާގެ ރެސްޓޯރެންޓަކަށް ކުރި ޒިއާރަތެއްގަ އެވެ.
މުސްލިމުން ގިނަ ސަރަހައްދެއްގައި ހުންނަ އެ ރެސްޓޯރެންޓަށް ޗާލްސްއާއި ކަމިލާ ގޮސްފައިވަނީ ރެސްޓޯރެންޓުގައި ރަމަޟާން މަހަށް ތައްޔާރު ވުމުގެ ކަންކަން ކުރިއަށް ދިޔަ ވަގުތެއްގަ އެވެ.
ޝާހީ ދެކަނބަލުންގެ މި އަމަލުފުޅަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު މިއީ އިނގިރޭސި ވިލާތުގައި މުސްލިމުންނަށް ދެވިފައިވާ ގަދަރު ދައްކުވައިދޭ ކަމެއް ކަމަށް އެމީހުން ބުނެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކަށް މިއަދު ރަމަޟާން މަސް ފެށިފައިވާއިރު އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން މިއަދު ތިބީ ރޯދަ އަށެވެ.
އައްޑޫ ޑްރަގް ނެޓްވޯކްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި
މުޅި ލ. ގަމަކަށް އަލުން ކަރަންޓް ދީފި
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!