ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވާއިދުގައި ލާޒިމްކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ އުފެއްދުންތަކުގެ ލިސްޓް މިއަދު އާންމުކޮށްފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ގެޒެޓްކޮށް އަމަލުކުރަން ފެށި "ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވާއިދު"ގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އާ ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ އުފެއްދުންތަކުގެ ލިސްޓެއ،ް އާ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި އާންމުކުރަންވާނެ އެވެ. އަދި އާ ބާވަތްތައް ރަޖިސްޓަރީކުރަމުންދާ ވަރަކަށް ލިސްޓު އަޕްޑޭޓްކޮށް ގެޒެޓްކުރަން ޖެހެ އެވެ.
ހެލްތު މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި އާންމުކުރި ލިސްޓްގައިވާގޮތުން ރާއްޖޭގައި ދުންފަތުގެ 261 ބާވަތް ވިއްކައެވެ.
ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.
އެމްޑީޕީގެ އިސް ސަފުން ފެންނަނީ ދަލު ބޭރުން ޖެހިގެން އުޅޭ ބައެއް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
