ރޯދަ ހިފުމަކީ އިރު ދައުރުވާ ގޮތުގެ މަތިން އަދާކުރަންޖެހޭ އަޅުކަމަކަށް ވާއިރު އެކި ގައުމުތަކަށް އިރުގެ ދައުރުވުން ތަފާތުވުމާއެކު ރޯދަ ހިފަންޖެހޭ ވަގުތު ވެސް ތަފާތެވެ.
އެގޮތުން ނިއުޒިލޭންޑްއާއި އައިސްލޭންޑް ފަދަ ދުނިޔޭގެ އެންމެ ހުޅަނގު ތަނޑިއާ ކައިރި ގައުމުތަކުގައި ރޯދަ ހިފަންޖެހޭ ވަގުތު ނިސްބަތުން މަދުއިރު އިރުމަތީ ތަނޑިއާ ކައިރި ގައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތު ގިނަ އެވެ.
އެގޮތުން އެކި ގައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތު 11 ގަޑިއިރާއި 16 ގަޑިއިރާ ދެމެދު އުޅޭއިރު މިއަހަރު އެންމެ ގިނައިރު ރޯދައަށް ތިބެން ޖެހެނީ ގްރީންލޭންޑްގެ އަވަށެއްގެ މުސްލިމުންނެވެ.
ގްރީން ލޭންޑްގެ ނޫކްގައި ދިރިއުޅޭ މުސްލިމުން ކޮންމެ ދުވަހެއްގެ ވެސް 16 ގަޑިއިރާއި 31 މިނެޓް ރޯދައަށް ތިބެެން ޖެހޭއިރު މިއީ ރެއާ ދުވާލުގެ ގާތްގަނޑަކަށް 70 ޕަސެންޓް ވަގުތެވެ.
އެއާ ޚިލާފަށް އެންމެ މަދުން ރޯދައަށް ހުންނަންޖެހޭ ނިއުޒިލޭންޑްގެ ކްރިސްޓްޗާޗްގެ މުސްލިމުން ރޯދައަށް ތިބެނީ ހަމައެކަނި 11 ގަޑިއިރާއި 30 މިނެޓު ވަންދެންނެވެ.
ދިވެހި ރާއްޖެއަކީ ދުނިޔެ ދެބައިވާ ރޮނގު (އީކުއޭޓާ) ކައިރީގައި އޮންނަ ގައުމަކަށް ވުމާއެކު ރާއްޖެއަށް ދުވާލާއި ރޭގަނޑުގެ ދިގުމިން ދާދި އެއްގޮތެވެ.
ދެ ދައުވާއެއް ސާބިތުވެ، ސާހިލް 3 އަހަރަށް ޖަލަށް
ހަތަރު އާ މޫނަކާއެކު ކެބިނެޓު އަލުން އެކުލަވާލައިފި
ހީވަނީ އައްޑޫ ސިޓީ ކައުންސިލް އޮތީ ފެއިލްވެފައިހެން: މުއްތަލިބު