ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖު މަތިން މޫދަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން މޫދަށް ފުންމާލި މީހަކު ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މަގުމަތި ބަލަހައްޓަމުންދިޔަ ދެ ޓްރެފިކް ޕޮލިހުންނެވެ.
ބްރިޖުން މޫދަށް ވެއްޓިފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެކެވެ. ފުލުހުން އެ ސަރަހަށްދަށް ގޮސްފައިވަނީ ރޭ ފަތިހު 5:42 އެހާކަށް ހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހަށްދަށް ގޮސް އޭނާ މޫދުން ނަގާފައިވާ ކަމަށެވެ. އަދި މޫދުން ނެގުމަށް ފަހު 6:13 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ.
އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އެނގިފައެއް ނެތެވެ.