ހުސްވެފައިވާ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މެންބަރު ކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ، ރައީސް އޮފީހުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ސީއެސްސީގެ މެންބަރުކަން މި ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އިބްރާހީމް ރަޝީދު އިސްތިއުފާދެއްވުމުންނެވެ.
އިބްރާހީމް ރަޝީދު އިސްތިއުފާދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުންނެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި
3 މިނިސްޓްރީ އެނދީ ކަރަންޓް ޝޯޓު ވެގެން: އިހުސާން
ސީއެމްޑީއޭގެ ނަމުގައި ސްކޭމެއް
