ހިންދީ ސީރިޒްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ އެކްޓަރު ހީނާ ޚާން މިއަހަރުގެ ރަމަޟާން މަހު ވެސް އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.

ހީނާގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓުގައި އޭނާ ވަނީ މައްކާގެ ހަރަމްފުޅު ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކޮށްފަ އެވެ.

އެ ފޮޓޯތަކުގައި ފެންނަނީ ގަދަ ފެހި ކުލައިގެ އަބާޔާ ހެދުމެއް ލައިގެން ހީނާ ކައުބަތުﷲ ގެފުޅު ކައިރީގައި މަޑުކޮށްގެން ހުންނަ މަންޒަރެވެ.

https://www.instagram.com/p/DHQwZOwoSO0/?utm_source=ig_embed&ig_rid=c69d0878-6d5c-4d17-99b9-321697ff11d2

ހަބަރުތައް ބުނާ ގޮތުގައި ހީނާ މިއަހަރު އުމްރާގެ އަޅުކަމަށް ގޮސްފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ އާމިރު ޚާންއާއެކުގަ އެވެ.

"މާތް ﷲގެ ދަރުބާރަށް އައުމަށް ދައުވަތު ލިބުނީތީ އެކަނލާގެއަށް ހަމްދާއި ޝުކުރު ކުރަން" އެ ޕޯސްޓުގެ ކެޕްޝަންގައި ހީނާ ބުނެފައިވެ އެވެ.

ހީނާ އުމްރާގެ އަޅުކަން އަދާކޮށްފައި މިވަނީ އުރަމަތީގެ ކެންސަރަށް އޭނާ ފަރުވާ ހޯދަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ހީނާ ވަނީ ފަރުވާއާއެކު ވެސް ރޯދަ ހިފާ ކަމަށް ބުނެފަ އެވެ.

ފާއިތުވި ދެ އަހަރު ވެސް ހީނާ ވަނީ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ. އެ ދެ ފަހަރު ވެސް އޭނާ ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.