މިއަދުގެ ވަގުތެއްގައި ހިފާނެ ކަމަށް ބެލެވޭ އިރުކޭތައިގެ ސަބަބުން އަރަބި ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމަކީ ނާދިރު ކަމެއް ކަމަށް ފަލަކީ އިލްމުވެރިން ބުނެފި އެވެ.
ސައޫދީ އަރަބިއާގެ ފަަލަކީ އިލްމުވެރިއެއް ކަމަށްވާ ބަދުރު އަލް އުމައިރާ ވިދާޅުވީ މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށާއި އެހެން ކަމުން ހަނދު ފެނުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށެވެ.
ޓެލެސްކޯޕްއަކުން ހަނދު ފެނުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް ހަނދު ސާބިތުކުރަން ހަމަލޮލަށް ފެނުން ލާޒިމް ކުރާތީ މިއަހަރުގެ ރޯދަމަހަކީ 30 ދުވަހުގެ މަހަކަށްވާނެ ކަމަށް ވެސް ބަދުރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ ފަލަކީ އިދާރާތަކުން ވެސް ވަނީ މިއަހަރުގެ ޝައްވާލު މަހުގެ ހަނދު މިރޭ ފެންނާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ.
މިއަދުގެ އިރުކޭތައަކީ އަރަބި ގައުމުތަކަށް ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން މީގެ މަސްތަކެއް ކުރިން ލަފާ ކޮށްފައިވާ އިރުކޭތަ އެކެވެ.
މިރޭ ހަނދު ނުފެނިއްޖެނަމަ މިއަހަރުގެ ފިތުރު އީދު ވާނީ މީލާދީ ގޮތުން މިހިނގާ މާޗު މަހުގެ 31 ވާ ހޯމަ ދުވަހަށެވެ. މިރޭ ހަނދު ފެނިއްޖެނަމަ މާދަމާއަކީ ފިތުރު އީދު ދުވަހެވެ.
"އަދަދު" އިން ހުރަސްއެޅި ކަމަށް ބުނެ ނޫސް ކޮންފަރެންސް ކެންސަލް
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކެއް
ސިޔާސީ މަގާމުތަކުގައި ތިބި 200 އަށްވުރެ ގިނަ މީހުން ވަކިކޮށްފި
އެހެނަސް މައުމޫނު ދުނިޔޭގައި ހުރިހާ ހިނދަކު ރާއްޖެއަށް އީދު ވާނީ އޭނާ ބުނާ ދުވަހަކަށް. ވަރަށް ސަލާމް