ސ. ހިތަދޫ "އާރިކިޅި" އިން މިދިޔަ ހަފުތާގައި ފެނުނު ބިދޭސީ ފިރިހެން މީހާގެ މަރާ ގުޅޭ ތަހުގީގުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، ސީސީޓީވީ ފުޓޭޖް ދިރާސާކުރުމަށްފަހު، މި މަރަކީ އެހެން ފަރާތެއްގެ އަމަލެއްގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.
އެ މީހާ ފެނުނުއިރު ހޭނެތިފައި އޮތް ކަމަށާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.
މިމަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ބިދޭސީ މީހާ ފެނުނު އިރު، އެ މީހާ އޮތީ ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން ކަމަށްވެ އެވެ. އަދި އެމީހާ ފެނިފައި ވަނީ އައްޑޫ ހައި ސްކޫލު ފުރަގަހުން އޮންނަ އާރިކިޅި ބްރިޖު ސަރަހައްދުންނެވެ.
ޝިރަކް އޭވިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ
ލަންކާއިން ރާއްޖެއަށް 250،000ރ ގެ އަސާސީ ބޭސް ހަދިޔާކޮށްފި
ޓޮމް ކްރޫޒްއަށް އޭއެފްއައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެނީ!
