މިއީ ލޯތްބާއި ކެތްތެރިކަމުން ފުރިގެންވާ ވާހަކައެކެވެ.

ލީ ޒިހުއާ ނަމަކަށް ކިޔާ މި މީހާ އަށް 2013 ވަނަ އަހަރު އެކްސިޑެންޓްވެ، ލިބުނު އަނިޔާއަކާ އެކު ކޯމާއަށް ދިޔަ އެވެ.

ޑޮކްޓަރުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެނައިއިރު އޭނާ އޮތީ "ވެޖިޓަބަލް" ސްޓޭޓްގަ އެވެ.

އޭނާގެ އަންހެނުން ޒާންގް ގުއިހާން ގާތު ޑޮކްޓަރުން ބުނީ ހިތް ކުދިކުދި ވާ ކަހަލަ ވާހަކައެކެވެ. ޑޮކްޓަރުން ބުނީ ފިރިމީހާ ދެން ދުވަހަކު ވެސް ކޯމާއިން ހޭލެވޭނެ ކަމުގެ އުންމީދު ކުޑަކަމަށެވެ.

އެއާއެކު ވެސް އުންމީދު ކަނޑާނުލާ ޒާންޖް ހުރީ ފިރިމީހާގެ ހިދުމަތުގަ އެވެ. ކުދިކުދިވެފައި އޮތް ހިތަކާއިގެން އޭނާ ވަނީ 2،000 ދުވަސް ވަންދެން ދުވާލަކު 20 ގަޑިއިރެއްހާ އިރު ފިރިމީހާއަށް ހިދުމަތްކޮށްފަ އެވެ. ގިނަ ދުވަސް ދުވަހު އޭނާ ނިދަނީ ވެސް 3-4 ގަޑިއިރަށެވެ.

ފިރިމީހާ ކޯމާއެއްގައި އޮތް ކަމުގައި ވީނަމަވެސް ޒާންގް ދިޔަޢި އޭނާއަށް ރީތި ލަވަތައް އަޑުއިއްވާ، އަދި ގަވާއިދުން ވާހަކަ ވެސް ދައްކަމުންނެވެ. އެ ދެމެދުގައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

ފަސް އަހަރު ވަންދެން ކޯމާގައި އޮތުމަށް ފަހު 2018 ވަނަ އަހަރު ހޭލުމަށް ފަހު ލީ އެންމެ ފުރަތަމަ ވެސް ބުނީ އަންހެނުން ދެކެ ލޯބިވާ ވާހަކަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ކޯމާގައި އޮތް އިރުވެސް ވަށައިގެންވާ ކަންތައް އޭޏާއަށް ކޮންމެވެސް ވަރަކަށް ފަހުމްވި އެވެ. އަންހެނުންގެ އެހީތެރިކަމާއެކު އޭގެ އަހަރެއް ފަހުން އޭނާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

މިކަހަލަ ވާހަކަތަކުން އަދިވެސް ދުނިޔޭގައި ހަގީގީ ލޯބިވެރިން ތިބިކަން ދައްކުވައިދެ އެވެ.