ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ފިލޭ ލޭންޑަރުން 67 ޕީ/ ޗުރުމޮވް-ގެރަސިމެންކޯ ކޮމެޓްގެ ކެމިކަލް ތަރުކީބު ދިރާސާކޮށް، ކޮމެޓެއްގެ ވަސް ދުވާނެ ގޮތް ހޯދައިފި އެވެ.
މި ދިރާސާއިން ދައްކާގޮތުގައި ކޮމެޓެއްގެ މައިގަނޑު ބައިތަކަކީ އެއިން ވަހެއް ނުދުވާ ފެނުގެ އާވި، އެގޮތުން ކާބަން ޑައިއޮކްސައިޑް އަދި ކާބަން މޮނޮކްސައިޑް އެވެ.
ނަމަވެސް، މި ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި ކޮމެޓްގައި ވަރަށް ވަރުގަދަ އަދި ވިހަ މާއްދާތަކުގެ އަސަރު ވެސް ހުރެ އެވެ.
މީގެ ތެރޭގައި ކުޑަކަމުދާ ތަކެތީގެ ވަސް ދުވާ އެމޯނިއާ، އަލިފާން ދިއްލާ ވަސް ދުވާ ސަލްފަާ ޑައިއޮކްސައިޑް، ބަދާމުގެ ވަސް ދުވާ ހައިޑްރޮޖަން ސަޔަނައިޑް އަދި ބިސް ކުނިވެފައި ހުންނަ ފަދަ ވަހެއް ދުވާ ހައިޑްރޮޖަން ސަލްފައިޑް ހިމެނެ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، އާންމު ހިޔާލާ ހިލާފަށް، ކޮމެޓެއްގެ ވަސް ދުވަނީ އެހާ މީރުކޮށެއް ނޫނެވެ. ނަމަވެސް، މި ދިރާސާއަކީ ބޭރު ޖައްވުގެ ވެށި އިތުރަށް ދެނެގަތުމަށް މުހިންމު ހޯދުމެއް ކަމުގައި ސައިންޓިސްޓުން ފާހަގަކުރެ އެވެ.