ކޮމިއުނިކޭޝަން މިނިސްޓަރުކަމުން މުހައްމަދު މަލީހު ޖަމާލް ވަކިކުރި ނަމަވެސް އިންޓަނެޓަށް ވަކި ބަދަލެއް ނާންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމުން މަލީހު ވަކިކުރުމަށްފަހު މާޗް އެއްވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީ ހިންގުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ހަވާލުކޮށްފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އިންޓަނެޓް ހިދުމަތަށް ވަކި ބަދަލެއް މިވަގުތު ނައި ނަމަވެސް ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިނިސްޓަރު މަލީހު ވަކިކުރި ނަމަވެސް އިންޓަނެޓަށް ވަކި ބަދަލެއް އަދި ނާދޭ. އެކަމަކު ކޮލިޓީ ރަނގަޅުކުރަން މަސައްކަތްކުރަން އެންމެ ބޮޑު އިސްކަމެއް ދެނީ،" އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އިންޓަނެޓް ތްރޮޓްލްވުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު ހޯދުމާއި އެކަމަށް ބޭނުންވާ ޓީއޯރު ތައްޔާރުކޮށް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކޮމިއުނިކޭޝަން އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ. އަދި އެއާއެކު މިއަހަރު ނިމުމުގެ ކުރިން އިންޓަނެޓް ސްޕީޑަށް ހައްލެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓްރީއަށް މިނިސްޓަރެއް އައްޔަންކުރުމާމެދު ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނެތް ކަމަށެވެ.
ނިޔަތް ރަންގަޅުވީމާ ކަމެއް ރަންގަޅުވާނީ. މަކަރާ ހީލަތުން ވާނެ ފައިދާއެއް ނޯންނާނެ. މީ ވ. ޥާހަކަ
އިންޓަނެޓް އަގުހެޔޮނުވުމަކީ މަލީޙުގެ މައްސަލައެއް ނޫނޭ. ރައްޔިތުންގެ ޚަޒާނާކައި ހުސްކޮށްލާފައި އެވަރުން ނުވެގެން ޕެންޝަން ފަންޑް ކޮޅު ގޮހޮރަށްޱދިރުވާލާފަ ދެންވެސް ހުރިއްޔާ ހުރި ފައިސާއެއް ހުރި ތާކުން ނަގައިގެން ދިރުވާލާފަ ދެން އިންޓަނެޓް އަގު ހެޔޮނުކުރަން ސަބްސިޑީދެވެން ނެތީ.