މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އިއްޔެ ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނިފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ފުރާޅު މަތީގައި އޮއްވާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހެނދުނު 7:23 ގަ އެވެ.
އެއާއެކު ފުލުހުން ވަނީ އިއްޔެ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ފުރާޅުމަތިން ނަގައިގެން އައިޖީއެމްއެޗް އަށް ގެންގޮސްފަ އެވެ.
އެ އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުނި ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
ޑައިރެކްޓަރު ރޯހިތުގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
ހަކުރު ބަލީގެ ތަޖުރިބާ އަންހެނުންނާއި ފިރިހެނުންނަށް ތަފާތު!
ވޯޓަކާ ނުލައި ހަތަރު ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް