މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅު މައްޗަށް 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލް މައްސަލާގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ރައުދު ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރު ކުރަން މިހާރު ފުލުހުން ކޯޓު އަމުރަކަށް އެދިފައި ވާނެ ކަމަށެވެ.
ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެފައިވާއިރު އޭނާގެ ޕާސްޕޯޓު ހިފަހައްޓާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާދިސާ ހިނގާދިޔަ ގޮތުގެ ސީސީޓީވީ ފޫޓޭޖްވެސް ދައްކާފައިވާއިރު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ވެސް ވަނީ ހާމަކޮށްފަ އެވެ.

ތާރީހުގެ ސަފުހާތަކުން: ރާއްޖޭގައި ރޯދަ މަހަކީ އަންހެނުންގެ މަހެއް
ރޯދައިގެ ސުވާލާއި ޖަވާބު: ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟
ދިރާގު ޕޭ މެދުވެރިކޮށް މިހާރު މީލް ޕެކް ހަދިޔާކުރެވޭނެ