ބައްޓަކީ އާންމުކޮށް ރާއްޖޭގައި ވަރަށް ގިނައިން ހައްދާ ބާވަތުގެ ތަރުކާރީއެކެވެ. ބަށި ރިހައިން ފެށިގެން ގޮސް ހިކިކޮށް ހަދާފައި ހުންނަ ބައްޓަށް ދާންދެން ބައްޓަކީ ދިވެހިންގެ ކެއުންތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ.
ބައްޓަކީ އޭގައި ގިނަ އަދަދަކަށް ސިއްހީ ފައިދާތައްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އިންފެކްޝަނާއި ފާރުވެފައި ހުންނަ ތަންތަނަށް ވެސް ރަނގަޅު އެއްޗެއް ކަމަށް ބެލެވެ އެވެ.
ގުދުރަތީ ލެކްސޭޓޭއް
ބައްޓަކީ ފެނުގެ އިތުރުން ފައިބާވެސް ހިމެނޭ އެއްޗެކެވެ. އެގޮތުން ބަނޑުހަރުވުމުން ދުރުކޮށް ހަޖަމުގެ ނިޒާމުގެ ސިއްހީ ދުޅަހެޔޮކަން ލިއްބައިދެ އެވެ.
ހިތުގެ ބަލިތަކަށް ރަނގަޅު އެއްޗެއް
ބަށީގައި ހުންނަ މާއްދާއެއް ކަމަށްވާ އެންތޯޗަޔާނިންސް އަކީ ހަށިގަނޑުގައި ހުންނަ ނުބައި ސަރުބީތައް ދުއްވާލައި، ހެޔޮ ސަރުބީ ބެހެއްޓުމަށް ކާން ރަނގަޅު އެއްޗެކެވެ.
ބަރުދަން ލުއި ކުރުމަށް އެހީވެދޭ
ބައްޓަކީ ކާބޯހައިޑްރޭޓާއި ކެލޮރީ މަދުން ހުންނަ ތަރުކާރީ އެކެވެ. އެހެން ކަމުން ބަށި ވެފައިވަނީ ބަރުދަން ލުއި ކުރުމަށް މަސައްކަތްކުރާ މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. މީގެ އިތުރުން ބައްޓަކީ ހަށިގަނޑުގެ ހެމޮގްލޯބިން ލެވެލް ވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ.
ބަށިގައި ހުންނަ ފިނޮލިކް އަސީ އޮސްޓިއޯޕޮރޯސިސް ހުންނަ ފަރާތްތައް ކެއުމަށް ވެސް ރަނގަޅު އެއްޗެކެވެ.
އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކަކީ އުންމީދީ ފެށުމެއް: އައްބާސް
