ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓު އޮޔާދަނީ އައްޑޫ ސިޓީގެ ހުޅަނގުން ކަމަށެވެ.
ސްރީލަންކާގެ މަސްބޯޓު "ސަންޑާލީ ވެލެންޓިނާ" އޮޔާދާކަމުގެ މައުލޫމާތު ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދިނުމާއި އެކު، އެމްއެންޑީއެފް ކޯސްޓްގާޑުން އެ ބޯޓު މޮނިޓާ ކުރަމުން ދިޔަ ކަމަށް ބުނެ އެވެ.
މިއާއެކު އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ގައި ސިފައިން އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި އެ ބޯޓުގައި 6 ފަޅުވެރިން ތިބި އިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.
ރިވިއު: "ޕަރީ"އަކީ ދިވެހި ފިލްމުތަކަށް މުޅިން ތަފާތު ރަހައެއް!
ކައުންސިލް އިންތިހާބުގައި 294،937 މީހުންނަށް ވޯޓު ލެވޭ
"ދަ ކެރެލާ ސްޓޯރީ"ގެ ދެވަނަ ބައި އަންނަ މަހު!