އެންޓާޓިކާގެ ގަނޑުފަރުބަދަތަކުގެ މެދުގައި "އައިސް ވައްކަން" ގެ ނަމުގައި އާދަޔާ ހިލާފު ކަމެއް ހިނގަމުންދާކަން ސެޓެލައިޓުން ނެގުނު މަންޒަރުތަކުން ދައްކައިފި އެވެ. މިއީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސްގެ ސައިންޓިސްޓުން ކުރި ދިރާސާއަކުން ހޯދި ހޯދުމެކެވެ.
މި ދިރާސާގައި ބަލާފައިވަނީ އެންޓާޓިކާގެ ދެ ގަނޑުފަރުބަދައަށެވެ. އެއީ ކޮހްލާ އީސްޓް އަދި ކޮހްލާ ވެސްޓް އެވެ. މި ދެ ގަނޑުފަރުބަދަ އެއްކޮށް ކަނޑަށް ވެއްޓެމުންދާއިރު، ކޮހްލާ އީސްޓުން ވަނީ ކޮހްލާ ވެސްޓުގެ އައިސް "ވަގަށް ނަގަން" ފަށައިފަ އެވެ. މިކަން މިހެން ހިނގާފައިވަނީ 18 އަހަރަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގަ އެވެ.
ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި 2005 އާއި 2022 އާ ދެމެދު ކޮހްލާ ވެސްޓް ގަނޑުފަރުބަދައިގެ ދުވެލި 10 އިންސައްތަ މަދުވެފައިވެ އެވެ. މީގެ ސަބަބަކީ ކޮހްލާ އީސްޓުން އޭގެ އައިސް "ވަގަށް ނަގަމުން" ދިޔުން ކަމަށް ސައިންޓިސްޓުން ބުނެ އެވެ.
މިކަމުން، މުސްތަގުބަލުގައި ގަނޑުފަރުބަދަތައް ކަނޑަށް ވެއްޓޭނެ މިންވަރާއި، އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލޭނެ މިންވަރު ދެނެގަތުމަށް އެހީވެދޭކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގަނޑުފަރުބަދަތައް ކަނޑަށް ވެއްޓެމުންދާއިރު، ބައެއް ގަނޑުފަރުބަދަތަކުން އެހެން ގަނޑުފަރުބަދަތަކުގެ އައިސް "ވަގަށް ނަގަމުން" ދާނެ ކަމަށް ވެސް ސައިންސްވެރިންގެ ދިރާސާއިން ލަފާކޮށްފައިވެ އެވެ.
ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް
އާޖެންޓީނާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި
ވޯލްޑް ކަޕް ފައިނަލްގެ ޓިކެޓެއްގެ އަގު 2.3 މިލިއަން ޑޮލަރަށް
