މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ދަތުރުތައް ފަށައިފި އެވެ.
އިއްޔެއިން ފެށިގެން މޯލްޑިވިއަންއިން ވަނީ މުލީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފަ އެވެ. މޯލްޑިވިއަންއިން މުލީއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އެވެ.
އެގޮތުން އިއްޔެއިން ފެށިގެން ޤައުމީ އެއާލައިން، މޯލްޑިވިއަންއިން މުލީ އެއަރޕޯޓަށް ދަތުރުތައް ފަށާފައިވާއިރު، އެ އެއާލައިންގެ ފުރަތަމަ ކޮމާޝަލް ފްލައިޓް މާލެއިން ފުރާފައިވަނީ އިއްޔެގެ 15:30 ގަ އެވެ. އަދި މުލިން މާލެއަށް އެނބުރި ދަތުރުކުރީ 16:45 ގަ އެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މުލީ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ހާއްސަ އެއާޕޯޓެކެވެ.
މި އެއާޕޯޓުގައި 1500 މީޓަރުގެ ރަންވޭއެއް ހަދާފައިވެ އެވެ. އަދި މި މަޝްރޫއަށް ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. މުލީ އެއާޕޯޓުގައި 40 އެއްހާ މުވައްޒަފުން މަސައްކަތްކުރާނެ އެވެ.
ބަދިގެ ސާމާނުގަ ފޮރުވައިގެން ޑްރަގް އެތެރެކުރާ ބަޔަކު އެބަތިބި
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
