ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ލައިވް ހުށައެޅުމެއް ސްޓޭޖް މަތިން ފެނިގެން ގޮސްފި އެވެ.

ލަވަކިޔުންތެރިޔާ އެސްޒީއޭގެ ގްރޭންޑް ނެޝަނަލް ޓުއާގެ ތެރެއިން ކެލިފޯނިއާގައި އޮތް ކޮންސެޓެއްގައި ޖަސްޓިން ފެނިގެންދިޔައީ އެސްޒީއޭއާއެކު ހުށައަޅައިދިން ލަވައެއްގަ އެވެ.

ކަޅު ކުލައިގެ ހެދުމެއްގައި ހުރި ޖަސްޓިން ހުށައަޅައިދީފައިވަނީ މީގެ ކުރިން އެސްޒީއޭއާއެކު އޭނާ ކޮލަބޮރޭޝަން ހަދާފައިވާ ލަވައެއް ކަމަށްވާ "ސްނޫޒް" އެވެ.

ހުށައެޅުމުގެ ތެރެއިން ޖަސްޓިންގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ބެލުންތެރިންނަށް ފާހަގަވިއިރު އެސްޒީއޭ ވަނީ ޖަސްޓިންއަށް ފުރިހަމައަށް އެހީތެރިކަން ދީފަ އެވެ.

މިއީ ޖަސްޓިންއަށް އޭނާގެ އަލަތު ދަރިފުޅު ޖެކް ބްލޫސް ލިބުނު ފަހުން ސްޓޭޖެއްގައި ހުށައެޅުމެއް ހުށައަޅައިދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މި ހުށައެޅުމާއެކު ސްޓޭޖެއްގައި ހުށައަޅަން ޖަސްޓިންގެ ހާލަތު ތަން ނުދޭ ކަމަށާއި އޭނާގެ ހުށައެޅުމަކީ ރެކޯޑް ކޮށްފައިވާ ހުށައެޅުމެއް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އެހެން ނަމަވެސް މިއީ ޖަސްޓިންގެ ހާލަތު ރަނގަޅު ކުރަން އޭނާ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުގައި އެސްޒީއޭގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

މިފަހަކަށް އައިސް ޖަސްޓިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތާމެދު އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.