90ގެ އަހަރުތަކުގައި މަޝްހޫރުވި ކޮމެޑީ ސިޓްކޮމް "ފްރެންޑްސް"ގެ ކެރެކްޓަރު ފީބީއަކީ މިއަދުވެސް ގިނަ ބައެއްގެ ހަނދާނުގައި ހުރި ހެއްވާ މަޖާ ކެރެކްޓަރެކެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި "ފީބީ"ގެ ރޯލުން އެފެނިގެންދިޔަ ލިސާ ކުޑްރޯ ވަނީ އެ ކެރެކްޓަރު ކުޅުމުގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.
ލިސާ ބުނީ އެ ރޯލު ކުޅުމަކީ ޓީވީއިން ފެންނައިރު ހީވާ ގޮތާ ޚިލާފަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކައް ކުރަން ޖެހުނު ކަމަށެވެ.
އެގޮތުން ފީބީއަކީ އޭނާގެ އަމިއްލަ ނަފްސާ ވަރަށް ތަފާތު ކެރެކްޓަރެއް ކަމަށާއި އެހެން ކަމުން ދައްކުވައިދޭ ބައެއް މަންޒަރުތައް ކުޅެން އުނދަގޫވި ކަމަށް ވެސް ލިސާ ބުންޏެވެ.
"ބައެއް މަންޒަރުތަކުގައި އޭނާ (ފީބީ) ކުރާ ކަންތަކާއި ބުނާ ބަސްތައް އަމިއްލަ ސިކުނޑިއަށް ނަގައިގަންނަން އުނދަގޫވާ ފަހަރު އާދޭ،" ލިސާ ބުންޏެވެ.
ޖުމްލަ 10 ސީޒަނަށް ކުރިއަށްދިޔަ ފްރެންޑްސް ސީރީޒްގައި ލިސާގެ އިތުރުން ޑޭވިޑް ޝްވިމާ، މެތިއު ޕެރީ، މެޓް ލެ ބްލޭންކް، ކޯޓްނީ ކޮކްސް އަދި ޖެނިފާ އެނިސްޓަން ފެނިގެންދެ އެވެ.