ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު އިއްޔެ ނިޔާވުމާ ގުޅިގެން މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ރަޝީދަކީ 18 ވަނަ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާގެ ނިޔާވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް ދުއާ ކުރެއްވި އެވެ.
ރަޝީދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
އޭނާ 18 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. މަޖިލީހުގެ ދައުރުގައި އޭނާ ވަނީ އެކި ކޮމިޓީތަކުގެ މެންބަރުކަން ކުރައްވާފަ އެވެ.
ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން އަލުން ފަށައިފި
ޔޫސުފް ވަހީދު، އެޗްޑީސީގެ ބޯޑުން ވަކިކޮށްފި
ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
